Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ބާސެލޯނާގައި ޓެރަރިސްޓް ހަމަލާއެއްދީ 13 މީހަކު މަރާލައިފި

އިއްޔެ ސްޕެއިންގެ ބާސެލޯނާގައި ވޭނަކުން މީހުންގެ ތެރެއަށްވަދެ ދިން ޓެރަރިސްޓު ހަމަލާގައި 13 މީހަކު މަރުވެފައިވަނިކޮށް އަނެއްކާވެސް ބޮން ގޮއްވައިގެން ޓެރަރިސްޓު ހަމަލާއެއް ދޭން އުޅެނިކޮށް ފުލުހުން އެކަން ނާކާމިޔާބުކޮށްލައިފިއެވެ.

ބާސެލޯނާ ސިޓީގެ 'ލަސް ރަމްބްލަސް' ތެރޭގައި ގިނަ ބަޔަކު ތިއްބާ ވޭނަކުން ވަނީ ބާރު ސްޕީޑުގައި ދުއްވާފައިގޮސް މީހުން ދަށުކޮށްފައެވެ. މިއަމަލު ހިންގުމަށްފަހު ވޭނުގައި ތިބި މީހުން ވަނީ ފިލާފައެވެ.

ސްޕެއިންގެ ޕްރައިމް މިނިސްޓަރު ވަނީ މިއަމަލަކީ "ޖިހާދީންގެ އަމަލެއް" ކަމަށް ސިފަކޮށްފައެވެ. މިހަމަލާއަށް ފަހަށް ސްޕެއިންގެ ކެމްޕްބްރިލްސްގައި ބޮން ގޮއްވަން މަސައްކަތް ކުރި 5 މީހަކު ސްޕެއިން ފުލުހުން ވަނީ މަރާލައި އެމީހުންގެ ހަމަލާ ނާކާމިޔާބުކޮށްލާފައެވެ.

އަދި އެމީހުން ގޮއްވަން އުޅުނު ތަކެތި ފުލުހުން ވަނީ ކޮންޓްރޯލް މާހައުލެއްގައި ނެތިކޮށްލާފައެވެ. މިއަމަލުތަކުގެ ޒިންމާ އަދި އެއްވެސް ފަރާތަކުން ނަގާފައެއް ނުވެއެވެ.