Last Updated: April 24, 23:11
Wednesday, April 24, 2024
މުނިފޫހިފިލުވުން

"ޖުޅްވާ 2" އިން ސަލްމާން ވެސް ފެންނާނެ

boxes_left_to_declare

"ޖުޅްވާ 2" އަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ.

އެފިލްމަށް ވަރަށް ބުރަކޮށް ވަރުން ދަވަން މަސައްކަތް ކުރަމުންދާއިރު، ޖުޅްވާގެ ފުރަތަމަ ފިލްމުން ފެނިގެންދިޔަ ސަލްމާން ޚާން ވެސް އެފިލްމުގެ ޚާއްސަ ފެނިލުމަކުން ފެނިގެންދާނެ އެވެ.

ޖެކޮލިން ފަނެންޑެޒް އާއި ތާޕްސީ ޕައްނޫ ވެސް ފެނިގެންދާ "ޖުޅްވާ 2" ގައި ސަލްމާން ޚާން ފެނިގެންދާނީ އެންމެ 2 މިނެޓްގެ ވަގުތުކޮޅަކަށެވެ.

ރިޕޯޓްތައް ބުނާގޮތުން ސަލްމާން ފެނިގެންދާނީ ފިލްމް ނިމޭ ހިސާބުންނެވެ. އެއީ ވަރުންގެ ކެރެކްޓާތައް އޮރިޖިނަލް ރާޖާ އަދި ޕްރޭމް އާއި ބައްދަލުވާއިރެވެ.

ސަލްމާން ފިލްމްގައި އަދާ ކުރަނީ އެންމެ 2 މިނެޓްގެ ރޯލަކަށްވީ ނަމަވެސް، ބެލެވޭ ގޮތުގައި އެއީ އެ ފިލްމްގެ އެންމެ މުހިންމު އެއް މަންޒަރެވެ.