Last Updated: June 29, 19:00
Monday, June 29, 2026
މުނިފޫހިފިލުވުން

ސާރާ އަލީ ޚާން ފުރަތަމަ ފިލްމަށް ހަމަ ތައްޔާރު

ސުޝާންތް ސިންގް ރާޖްޕުތް އަދި ސައިފް އަލީ ޚާން ގެ އަންހެން ދަރިފުޅު ސާރާ އަލީ ޚާންގެ ފިލްމް "ކެދަރްނާތް" ގެ ޝޫޓިން ފެށުމަށް އެ ދެ ތަރިން ވެސް ތިބީ ހަމަ ތައްޔާރަށެވެ.

އެފިލްމްގެ ޑައިރެކްޓަރު ކަމަށްވާ އަބިޝޭކް ކަޕޫރްގެ ގެޔަށް ސާރާ އާއި ސުޝާންތް ބުރާސްފަތި ދުވަހުގެ ހަވީރު ދިޔަ މަންޒަރު މީޑިއާތަކަށް ވަނީ ފެނިފައެވެ.

އެކަމާއި ބެހޭގޮތުން އަބިޝޭކް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ސުޝާންތް އާއި ސާރާ އައީ ފިލްމްގެ ޝޫޓިން ފެށުމުގެ ކުރިން ފިލްމްގެ ސްކްރިޕްޓް ދަސްކޮށް މުތާލިއާކުރަން ކަމަށެވެ.