Last Updated: March 28, 21:55
Thursday, March 28, 2024
މުނިފޫހިފިލުވުން

ބަތަލާ ރިޔާ ސެން ކައިވެނިކޮށްފި

ބޮލީވުޑްގެ ބަތަލާ ރިޔާ ސެން އޭނާގެ ލޯބިވެރިޔާ ޝިވަމް ތިވާރީއާ ކައިވެނިކޮށްފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ކައިވެނި ކުރުމުގެ ކުރިން ރިޔާ އާއި ޝިވަމް ވަނީ ދެ އަހަރު ދުވަސް ވަންދެން ރައްޓެހިވެގެން އުޅެފައެވެ. އެ ދެ މީހުންގެ ކައިވެނީގެ ހަފްލާ އޮތީ އިންޑިއާގެ ޕޫނޭ ގައެވެ. އެ ހަފްލާގައި ބައިވެރިވީ ރިޔާ އާއި ޝިވަމްގެ އާއިލާ އާއި ގާތް ރަހުމަތްތެރިންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެއީ ބެންގާލީ ކައިވެންޏެކެވެ. އަދި ކައިވެންޏަށްފަހު މުމްބާއި އަށް އައިސް ކައިވެނީގެ އުފަލުގައި ރިޔާ އާއި ޝިވަމް ބޮޑު ޕާޓީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޝިވަމް އާއި ބެހޭގޮތުން މާގިނަ މަޢުލޫމާތުތަކެއް އެނގިފައި ނުވެއެވެ. އެހެންނަމަވެސް އޭނާ އަކީ ފޮޓޯ ނެގުމަށް ޝައުޤުވެރިކަން ހުންނަ މީހެކެވެ. ރިޔާ ވަނީ ޝިވަމް އާއި އޭނާގެ ގިނަ ފޮޓޯ ނެގުމުގެ އެސައިންމެންޓްތަކުގައި ބޭރު ޤައުމްތަކަށް ޒިޔާރަތްކޮށްފަ އެވެ.

ރިޔާ އަކީ މާ ގިނަ ބޮލީވުޑް ފިލްމްތައް ކުޅުނު މީހެއް ނޫނެވެ. އެހެންނަމަވެސް އޭނާގެ ބައެއް މަޝްހޫރު ފިލްމްތަކުގެ ތެރޭގައި "އަޕްނާ ސަޕްނާ މަނީ މަނީ" އަދި "ޖަންކާރް ބީޓްސް" ހިމެނެއެވެ. އޭނާ ވަނީ "ތާޖް މަހަލް" ކިޔާ ޓެމިލް ފިލްމެއްގައި ވެސް ޙަރަކާތްތެރިވެފައެވެ.

ރިޔާގެ އެންމެ ފަހުގެ ބޮލީވުޑް މަސައްކަތަކީ އޭކްތާ ކަޕޫރްގެ "ރާގިނީ އެމްއެމްއެސް 2.2" އެވެ. އޭނާ ދަނީ މިހާރު އެފިލްމްގެ މަސައްކަތް ކުރަމުންނެވެ.