ގުޅިފައިވާ އިދިކޮޅު އިއްތިހާދުން މިރޭވެސް މާލޭގައި ސަރުކާރާއި ދެކޮޅަށް އިހުތިޖާޖުކޮށް ހިނގާލުމެއް ބޭއްވުމަށް ރާވައިފިއެވެ.
އިއްތިހާދުގެ މިރޭގެ އިހުތިޖާޖުވެސް ފަށާނީ މަޖީދީ މަގު އަތަމާ ޕެލެސް ކުރިމަތިންނެވެ. ބައިވެރިވާ މެމްބަރުން އިހުތިޖާޖުގައި ބައިވެރިވުމަށް މިރޭ 8:45 އަށް އެތަނަށް އައުމަށް އިދިކޮޅު އިއްތިހާދުން ވަނީ އެދިފައެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުންނަށް ކުރާ އަނިޔާ ހުއްޓުވާލުމަށް ގޮވައި ބާއްވާ މިއިހުތިޖާޖު އަލިކިލެނގެފާނާއި މަޖިިދީ މަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިން ފެށިގެން މާވެޔޮ މަގާއި މަޖީދީ މަގު ގުޅޭ ހަތަރު އަނގޮޅި އަށް. މި އިހްތިޖާޖުތައް ދެން ބޮޑަށް ކުރިއަށް ދާނީ މަޖީދީ މަގުގައެވެ.
މަޖިލިސް މެމްބަރުންނަށް މިސަރުކާރުން ކުރާ އަނިޔާ ހުއްޓުވުމަށް އަޑުއުފުލުމަށް އިއްތިހާދުން ވަނީ ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަތުމަށް އިލްތިމާސްކޮށްފައެވެ.