Last Updated: April 20, 19:35
Saturday, April 20, 2024
ރިޕޯޓް

50 މިނިޓްގެ ތެރޭގައި 30 ފަހަރު ފައިސާ، ފައިސާ، އެވޯޑެއް ހައްގު؟

ޕީޕީއެމްގެ ހަފްލާއެއްގައި ރައީސް ޔާމީން ވާހަކަފުޅު ދައްކަވަނީ.

މި މަހުގެ 14 ވަނަ ދުވަހުގެ ރޭ "ރުމާލު 2" ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅާއި އެކު އެމަނިކުފާނަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން މިވަނީ ވަރަށް ބޮޑަށް އަމާޒުވެގެން ގޮސްފައެވެ.

ޚާއްސަ ގޮތެއްގައި، އެމްއެމްޕީއާރްސީ ކޮރަޕްޝަނުގެ މައްސަލަ އާއި ބެހޭ ގޮތުން ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެންނެވެ. އެ ފާޑުކިޔުންތަކަށް ރައްދު ދިނުމުގެ ގޮތުން ރައީސް އޮފީހުގެ ތަރުޖަމާނުގެ ފަރާތުން ވެސް "ތަރުޖަމާއެއް" ނެރުއްވިއެވެ. އަދި ޕީޕީއެމްގެ ދަރުބާރު ފެކްޝަނުން ވެސް ވަނީ ނޫސް ބަޔާނެއް ނެރެފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި ރައީސް ޔާމީން ވަނީ ހަލާލު ނޫން ފައިސާ ގެކޮޅަށް ވެއްދި ކަމަށް ރައީސް އިއުތިރާފްވެވަޑައިގެންފައެވެ. އެކަމަށްޓަކައި ރައީސް ޔާމީން މަޤާމުން ޢަޒުލުކުރަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. ޖަމީލު ވެސް ވަނީ ވިދާޅުވެފައެވެ.

"ރުމާލު 2" ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޔާމީން ވަނީ ގާތްގަނޑަކަށް 50 ވަރަކަށް މިނިޓު ވަންދެން ވާހަކަފުޅު ދައްކަވާފައެވެ. އެވާހަކަފުޅުގައި އެންމެ ފާހަގަކޮށްލެވުނު އެއް ކަމަކީ، ތަންކޮޅެއް ގިނައިން އެމަނިކުފާނު "ފައިސާ" މި ބަސް ވިދާޅުވި ކަމެވެ.

50 މިނިޓަށް ދެމިގެން ދިޔަ ރައީސް ޔާމީންގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ، ޖުމްލަ 30 ފަހަރު "ފައިސާ"ގެ ވާހަކަ ވިދާޅުވެފައެވެ. އަދި "ކޮރަޕްޝަން" އޭ 12 ފަހަރު ވިދާޅުވިއެވެ.

މިއީ ރާއްޖޭގެ ރައީސަކު ފަހުގެ ތާރީޚެއްގައި އެއް ދުވަހެއްގައި ވާހަކަފުޅު ދައްކަވަމުން ފައިސާގެ ވާހަކަ އެންމެ ގިނައިން ވިދާޅުވި ދުވަސް ކަމަށް ވުމަކީ، އެކަށީގެންވާ ކަމެކެވެ. ރައީސް ޔާމީންގެ ވެރިކަމަކީ ދައުލަތުން އެންމެ ގިނަ ފައިސާ ގެއްލުނު ވެރިކަންކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ. އަދި އެމަނިކުފާންގެ ވެރިކަމަކީ ފައިސާގެ އެންމެ ބޮޑެތި މުއާމަލާ ހިންގި ސަރުކާރެވެ. މާލެ ހުޅުމާލެ ބްރިޖެވެ، އައިޖީއެމްއެޗްގެ 25 ބުރި އިމާރާތެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ތަރައްޤީގެ މަޝްރޫއެވެ. މީގެ އިތުރުން އެމަނިކުފާންގެ ސަރުކާރުން ފ. އަތޮޅަށް ގެންނަން އުޅުނު ބިޔަ އިންވެސްޓްމަންޓަކީ އެންމެ ބޮޑު ފައިސާގެ އިންވެސްޓްމަންޓެވެ. މިހުރިހާ ސަބަބުތަކާއި ހެދި "ފައިސާގެ އެވޯޑެއް" ކޮންމެހެން ހަދައިގެންވެސް އެމަނިކުފާނަށް އަރުވަން ޖެހެއެވެ.