Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މެމްބަރުން ދޫކޮށްލަން ގޮވާލައި ތިނަދޫގައި މިއަދު ވެސް ހިނގާލުމެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހައްޔަރުކޮށް ދައުވާ އުފުލާފައިވާތީ މެމްބަރުން ދޫކޮށްލުމަށް ގޮވާލައި ގދ. ތިނަދޫގައި މިއަދުވެސް ހިނގާލުމެއް ބާއްވައިފިއެވެ.

ސިޔާސީ ޕާޓީތައް ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ހިނގާލުމުގައިވެސް ބައިވެރިން ވަނީ ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް އާއި ގއ. ވިލިނގިލީ ދާއިރާގެ މެމްބަރ ސައުދު ހުސެއިން އާއި މަޑުއްވަރީ ދާއިރާގެ މެމްބަރ މުހައްމަދު އަމިތު ދޫކޮށްލުމަށް ގޮވާލާފައެވެ.

މިއަދުގެ ހިނގާލުމުގައިވެސް ދެ ޖިންސްގެ ގިނަ ބަޔަކު ވަނީ ބައިވެރިވެފައެވެ. މުޒާހަރާގެ ބައިވެރިންވަނީ ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުފާއަށް ގޮވާލާފައެވެ. މީގެ އިތުރުން "ފައިސާ ގޯނީގެ" މައްސަލަ އަވަހަށް ބެލުމަށް ބައިވެރިން ވަނީ ގޮވާލާފައެވެ.

މި މަހުގެ 3 ވަނަ ދުވަހު ތިނަދޫގައި ބޭއްވި ހިނގާލުމުގައި ބައިވެރިވި ގދ. ތައުލީމީ މަރުކަޒުގެ ދެ ލީޑިން ޓީޗަރަކު ވަކި ކުރަން އުޅޭތީ އިއްޔެވެސް ތިނަދޫގައި ވަނީ މުޒާހަރާކޮށްފައެވެ.