Last Updated: March 28, 13:49
Thursday, March 28, 2024
ޚަބަރު

އެސްޓީއޯ އިން "ކޯނޭ" ބްރޭންޑްގެ ލިފްޓް ރާއްޖެއަށް ތަޢާރަފް ކޮށްފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ފިންލޭންޑްގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "ކޯނޭ" ބްރޭންޑްގެ ލިފްޓްތައް ރާއްޖެއަށް ތަޢާރަފްކޮށްފި އެވެ.

ކޯނޭ ލިފްޓްތަކުގެ އިތުރުން، އެ ބްރޭންޑްގެ އެހެނިހެން އުފެއްދުންތައް ކަމަށްވާ އެސްކެލޭޓަރާއި އޮޓީ ވޯކް އަދި އޮޓޯ ދޮރު ވެސް އެސްޓީއޯ އިން ލިބެން ހުންނާނެ އެވެ. އެސްޓީއޯ އަކީ މިހާރު ކޯނޭ ބްރޭންޑްގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރެވެ.

މަޢުލޫމާތި ލިބޭ ގޮތުގައި އެސްޓީއޯ އިން ވަނީ ރާއްޖެއަށް ކޯނޭ ބްރޭންޑް ތަޢާރަފް ކުރުމާއި ގުޅިގެން ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ކޯނޭ ބްރޭންޑްގެ ލިފްޓްތައް ގަންނަ ފަސް ފަރާތަށް، ލިފްޓް ހަރުކޮށްދިނުމުގެ ޚިދުމަތް މުޅިން ހިލޭ ލިބިގެންދާނެ އެވެ.

އެސްޓީއޯ އިން ކަސްޓަމަރުން ބޭނުންވާ ގޮތަކަށް ލިފްޓް ޑިޒައިންކޮށް ހަރުކޮށްދިނުމުގެ އިތުރުން އާފްޓާ ސޭލްސް ސަރވިސްގެ ޚިދުމަތް ވެސް ދޭނެ އެވެ. މީގެ އިތުރުން އެސްޓީއޯ އިން ގަންނަ ކޯނޭ ބްރޭންޑްގެ ކޮންމެ ލިފްޓަކަށް 12 މަސް ދުވަހުގެ ވޮރެންޓީ ވެސް ލިބޭނެ އެވެ.