Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޕީޖީ ބިޝާމްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވައްދަނީ

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމަށް ހުށަހަޅަން ވިސްނަމުން އަންނަ ކަމަށް އިދިކޮޅު އިއްތިހާދުން ބުނެފިއެވެ.

އިއްތިހާދުގެ ތަރުޖަމާނު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފް ވިދާޅުވީ ބިޝާމްގެ އިތުބާރު ނެތަކަމަށް ހުށަހެޅުމަށް އިދިކޮޅު މެމްބަރުން ވިސްނަމުން އަންނަ ކަމަށެވެ. މަހްލޫފް ވިދާޅުވީ ބިޝާމް މަސައްކަތް ކުރައްވަމުން ގެންދަވަނީ މިނިވަންކަމާއި އެކު ނޫންކަމަށާއި ރައީސް އަބްދުﷲ ޔާމީންގެ އޯޑަރަށް ކަމަށެވެ.

މަހްލޫފު ވިދާޅުވީ މީގެ ކުރިން ހުންނެވި ޕީޖީވެސް މިހާރު އޮންނެވީ ޖަލުގައި ކަމަށާއި ނުހައްގުން މަޖްލިސް މެމްބަރުންގެ މައްޗަށް ދައުވާ އުފުލަމުން ގޮސް އެންމެ ފަހުން ބިޝާމްވެސް އޮންނަވަން ޖެހިވަޑައިގަންނަވާނީ ޖަލު ގޮޅީގައި ކަމަށެވެ.

މަހްލޫފް މިފަދައިން ވިދާޅުވި އިރު ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރެއްގެ މައްސަލަ ޕީޖީން ވަނީ ކޯޓަށް ދައުވާ ކުރަން ފޮނުވާފައެވެ.