Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

މުންދު ލަންކާ ސަފީރަކަށް ހަމަޖައްސަނީ

ލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފް (މުއްދު) ހަމަޖައްސަވައި ރައީސް އަބދުﷲ ޔާމީން އެ ނަން މަޖްލިސްއަށް މިއަދު ފޮނުއްވައިފިއެވެ.

މުންދުގެ ނަން މަޖްލިސްއަށް ފޮނުއްވިއިރު މިހާރު މޮންދު ހުންނެވީ ޖަޕާނަށް ރާއްޖޭން ކަނޑައަޅާފައިވާ ސަފީރުގެ މަގާމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިިދާރާގެ ފާހާނާ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާ އަކާއި ގުޅިގެން މެެދުކެނޑިފައިވާ މަޖްލިސްގެ ޖަލްސާއެއް މާދަމާ ބޭއްވުމަށް ވަނީ ތާވަލް ކުރެވިފައެވެ.

މޮންދުގެ ނަން މަޖްލިސްއަށް ފޮނުއްވި އިރު މީގެ ކުރިން ލަންކާ ސަފީރަކަށް ހުންނެވި ޒާހިޔާ ވަނީ މަގާމުން ވަކިކޮށްފައެވެ.