Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

ޔާމީންގެ އޯޑަރަށް ކޯޓާއި މަޖިލިސް ހައިޖެކްކޮށްގެން ނުތިބެވޭނެ: މަހޭ

ރައީސް ޔާމީންގެ އޯޑަރަށް ސުޕްރީމް ކޯޓާއި ހައިކޯޓު "ހައިޖެކްކޮށްގެން" ތިބެވޭނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަޙްލޫފް (މަހޭ) ވިދާޅުވެއްޖެ އެވެ.

މަހޭ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރައީސްގެ އޯޑަރަށް ރައްޔިތުންގެ މަޖިލީސް މަސީހު ހިސޯރުކޮށްގެން، ހައިކޯޓު ޑީޑީ ހައިޖެކް ކޮށްގެން އަދި ސުޕްރީމް ކޯޓު އަބްދުﷲ ސައީދު ހައިޖެކް ކޮށްގެން ތިބެވޭނެ ކަމަށް ހީކުރުމަކީ މޮޔަ ކަމެއް ކަމަށެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމަށް 45 މެމްބަރުންގެ ވޯޓާއެކު ހުށައެޅުމުން އެވޯޓު ނުނަގާ މައްސަލަ ބޭރުކޮށްފައިވާތީ އިދިކޮޅު ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ.

އިދިކޮޅު ހަތަރު މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވުމާއެކު މަޖިލީހުން މެމްބަރުންގެ މުސާރައާއި އިނާޔަތްވެސް ކަނޑާލާފައިވާއިރު މެމްބަރުން މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ އަވަސް ކޮށްދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ވަނީ ކޯޓަށް ގޮސްފައެވެ.