Last Updated: April 19, 17:23
Friday, April 19, 2024
ޚަބަރު

"އައްޑޫ މެރަތަން" ގެ ކޯ-ސްޕޮންސަރަކަށް އެމްޕީއެލް

އައްޑޫ މެރަތަން ކޯ ސްޕޮންސަރ އެގްރިމެންޓްގައި ސޮއި ކުރުމަށް މިއަދު އެމްޕީއެލްގައި ބޭއްވި ހަފްލާ ތެރެއިން، ފޮޓޯ: އެމްޕީއެލްގެ ފޭސްބުކް ޕޭޖް

"އައި ރަނާސް"އިން އިންތިޒާމްކޮށްގެން އަންނަ ހުކުރު ދުވަހު އައްޑޫގައި ބާއްވާ ފުރަތަމަ މެރަތަން "އައްޑޫ މެރަތަން"ގެ ކޯ ސްޕޮންސަރަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހަމަޖައްސައި އެގްރިމެންޓްގައި ސޮއި ކޮށްފިއެވެ.

މިއަދު މެންދުރު އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން އެގްރިމެންޓްގައި ސޮއި ކުރެއްވީ އެސިސްޓެންޓް ޖެނެރަލް މެނޭޖަރ އަބްދުﷲ ފާއިދުއެވެ. އައި ރަނާސްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރީ ކޯ ފައުންޑަރ ސަމާހު މައުސޫފްއެވެ.

އެމްޕީއެލްއިން ބުނީ އައްޑޫ މެރަތަންގައި ބައިވެރިވީ މި އިވެންޓަކީ ޒުވާނުންނާއި ގުޅުން ހުރި އިވެންޓަކަށްވެފައި މި އިވެންޓް ކާމިޔާބް އިވެންޓަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ކަމަށެވެ.

އެމްޕީއެލްއިން ގެންދަނީ އައްޑޫގައި އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ހިދްމަތް ފޯރުކޮށް ދެމުންނެވެ. އެކުންފުނީގެ ހިދްމަތް އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ހޯދައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކުރިއަށް ގެންދާ އައްޑޫ މެރަތަންގައި ބައިވެރިން މެރަތަން، ހާފް މެރަތަން، 10 ކިލޯމީޓަރ އަދި 5 ކިލޯ މީޓަރގެ އިތުރުން ކުޑަކުދިންނަށް ހާއްސަ 2 ކިލޯ މީޓަރުގައި ދުވާނެއެވެ.

އައްޑޫ މެރަތަންގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަމުން އަންނަ "ފީލް މޯލްޑިވްސް"އެވެ. ކޯ ސްޕޮންސަރުންނަކީ އެމްޕީއެލްގެ އިތުރުން އެމްޓީސީސީއެވެ. ސްޕޯޓްސް ޕާޓްނާ އަކީ ފަލަކް ސްޕޯޓްސްއެވެ. އެކްސްޕޯ އަދި ރިވޯޑިން ޕާޓްނާއަކީ ޕާން ޕިނޯސްއެވެ. މެރަތަންގެ މީޑިއާ ޕާޓްނާއަކީ އައްޑޫލައިވްއެވެ.