ސަލްޓަން ޕާކަށް ބޮޑެތި ބަދަލު ގެނެސް "ރަސްރަނި" ބަގީޗާގެ ނަމުގައި މިރޭ ހުޅުވައިފިއެވެ.
ރަސް ރަނި ބަގީޗާ ހުޅުއްވައި ދެއްވީ ރައީސް އަބްދުﷲ ޔާމީން އާއި މާލޭގެ ސްކޫލްތަކުގެ 50 ދަރިވަރުންނާއި އެކުއެވެ.

އެމްޓީސީސީ އާއި ހަވާލުކޮށްގެން ޕާކް ތަރައްޤީ ކުރުމުގެ މަސައްކަތް ފެށި ނަމަވެސް ފަހުން މިތަން ތައްޔާރު ކުރީ ދިވެހި ސިފައިންގެ މިންނެތް މަސައްކަތުންނެވެ.
ޒަމާނީ ފެންވަރަށް ތައްޔާރު ކުރި މިޕާކް ފުރަތަމަ ހުޅުވަން ނިންމީ މިއަހަރުގެ ޖުލައި 26 އާއި ދިމާކޮށެވެ. ނަމަވެސް މަސައްކަތް ނުނިމުން ފަހުންވަނީ ހުޅުވުން ލަސްކޮށްފައެވެ.