Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އިހުތިޖާޖު ކުރުމުން މަސީހު ޗެމްބަރު ދޫކޮށް ވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މިއަދު ބާއްވަން ތާވަލު ކުރި ޖަލްސާއަށް ސިފައިންގެ ހިމާޔަތުގައި ވަޑައިގެންނެވުމަށްފަހު މަޖިލީހުގެ ރައީސް، އަބްދުﷲ މަސީހު ޗެމްބަރު ދޫކޮށް ވަޑައިގެންފިއެވެ.

މަސީހު ޗެމްބަރު ދޫކޮށް ވަޑައިގެންފައިވަނީ އިދިކޮޅު މެމްބަރުން އިހުތިޖާޖުކޮށް މަސީހުގެ އިސްތިއުފާއަށް ގޮވަން ފެށުމުންނެވެ. 45 މެމްބަރުންގެ ސޮޔާއެކު އިތުބާރު ނެތްކަމުގެ ވޯޓަށް ހުށައެޅުމުން ވޯޓު ނުނަގާ ރިޔާސަތުގައި ހުންނެވުމުން މެމްބަރުން ވަނީ މަސީހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ އަޑުއުފުލާފައެވެ.

ޖަލްސާ މެދުކަނޑާލުމުން މެމްބަރުން ވަނީ ޗެމްބަރު ދޫކޮށް ސައި ކޮޓަރިއަށް ގޮސްފައެވެ. މަޖިލިސްގެ ޖަލްސާ ކުރިއަށް ގެންދާނީ ކޮން އިރަކު ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.