ސަލްޓަން ޕާކަށް ބަދަލު ގެނެސް "ރަސްރަނި" ޕާޚްގެ ނަމުގައި ހުޅުވައި އެތަނަށް ވަންނަ ބިދޭސީން އަތުން ފީ ނަގަން ސަރުކާރުން ނިންމައިފިއެވެ.
ރަސްރަނި ޕާކް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ޕާކަށް ދިވެހިންނަށް ހިލޭ ވަދެވޭނެ ކަމަށާއި ނަމަވެސް ބޭރު މީހުންނަށް ވަދެވޭނީ ޓިކެޓް ނަގައިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން އަގެއްގައި ވިއްކާ ޓިކެޓެއް ކަމެއް މުއިއްޒު ވިދާޅެއް ނުވެއެވެ.
އުނދޯލި ގެތަކާއި ޓްރީ ހައުސް އަދި ފެނައރުވަ ވަޑާމުތަކުާއި އެކު ޒިނަތްތެރި ކުރެވިފައިވާ މި ބަގީޗާ ކޮންމެ ދުވަހެއްގެ ހެނދުނު 6:00 އިން ރޭގަނޑު 12:00 އަށް އަދި ހުކުރު ދުވަހުގެ މެންދުރު ފަހު 2:00 އިން 11:00 އަށް ބަގީޗާ ހުޅުވާފައި ހުންނާނެ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
މިބަގީޗާގައި 24 ގަޑިއިރު ސެކިއުރިޓީއާ ބެލެހެއްޓުމުގައި ފުލުހުން ތިބޭނެ އެވެ.
ރޭ މި ޕާކް ހުޅުވި ނަމަވެސް ރަސްމީކޮށް އާއްމުންނަށް ހުޅުވާލާނީ އަންނަ ހުކުރު ދުވަހުއެވެ.