Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ފެތުމުގެ ދެ މުބާރާތަކަށް ފުރުސަތު ހުޅުވާލައިފި

ސްކޫލް ކުދިންގެ ހަތަރު ވަނަ ފެތުމުގެ މުބާރާތާއި ދެވަނަ ކިޑްސް ސްވިމިން ފެސްޓިވަލް އަންނަ މަހު އައްޑޫގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނީ ހިތަދޫ ޓްރެކްގައި ކުރިއަށް ގެންދާ އެ ދެ މުބާރާތުގެ ތެރެއިން ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 11-15 އަށް ކަމަށވެ. އަދި ކިޑްސް ސްވިމިން ފެސްޓިވަލް އޮންނާނީ އަންނަ މަހުގެ 8 އާއި 9 ގަ އެވެ.

މި ދެ މުބާރާތަކީ އައްޑޫގެ ސްކޫލްތަކަށް ހުޅުވާލެވިގެން ބާއްވާ މުބާރާތްތަކެކެވެ. ކިޑްސް ސްވިމިން ފެސްޓިވަލް ކުރިއަށް ދާނީ ތިން އުމުރުފުރާއެއްގެ މެދުގައެވެ. އެއީ ހަ އަހަރުންދަށް، އަށް އަހަރުން ދަށް އަދި 10 އަހަރުން ދަށެވެ.

ސްކޫލް ކުދިންގެ ފެތުމުގެ މުބާރާތުގައި ކުރިއަށްދާ އުމުރުފުރާތަކަކީ 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ. އެ ހަތަރު އުމުރުފުރާގެ އިތުރުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ކެޓަގަރީއެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ ވެ.

މުބާރާތްތަކުގައި ބައިވެރިވާން އެދޭ އައްޑޫ ގެ ސްކޫލްތަކަށް މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް ވަނީ ފުރުސަަތު ހުޅުވާލައިފަ އެވެ.