Last Updated: June 29, 18:33
Monday, June 29, 2026
ޚަބަރު

ފުރަތަމަ ހަ މަހުގެ ކައިވެންޏާއި ވަރި މަދުވެއްޖެ

ފޮޓޯ: މިހާރު

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ކުރި ކައިވެންޏާއި ވަރީގެ އަދަދު މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު މަދުވެއްޖެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ހާމަކޮށްފި އެވެ.

އެގޮތުން ޑީޖޭއޭ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ޖޫން މަހު ރާއްޖޭގައި 2،636 ކައިވެނިކޮށްފައި ވާއިރު، މިއަހަރުގެ ޖޫން މަހާއި ހަމައަށް ކޮށްފައި ވަނީ 2،292 ކައިވެންޏެވެ. އެއީ މިދިޔަ އަހަރާއި އަޅާބަލާއިރު 13% ގެ ދަށްވުމެކެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި 1،476 ވަރި ކޮށްފައިވެއެވެ. އެ އަދަދާއި އަޅާބަލާއިރު މިއަހަރުގެ ޖޫން މަހާއި ހަމައަށް ރާއްޖޭގައި ކުރި ވަރީގެ އަދަދު 18% ދަށްވެފައި ވެއެވެ. އެގޮތުން މިއަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖޭގައި ކޮށްފައި ވަނީ 1،808 ވަރިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގައި 3،400 އަށްވުރެ ގިނަ ވަރި އާއި 5،400 އަށްވުރެ ގިނަ ކައިވެނި ވަނީ ކޮށްފައެވެ.