Last Updated: July 26, 17:06
Sunday, July 26, 2026
ޚަބަރު

އުދުހިފައި ދިޔަ ކުކުޅެއް ހިތަދޫ ފިހާރައެއްގެ ބިއްލޫރިގަނޑު ތަޅާލައިފި

އޯލް ސީޒަން ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ގޮސްފައި. ފޮޓޯ: ހަސަން އައިމަން

އުދުހިފައި ދިޔަ ކުކުޅެއް ހިތަދޫ، 'އޯލް ސީޒަން' ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިފި އެވެ.

މަންޒަރު ދުށް މީހަކު 'އައްޑޫލައިވް' އަށް މައުލޫމާތު ދެމުން ބުނީ ފިހާރައިގެ ބިއްލޫރިގަނޑު ތަޅައިގެން ދިޔައީ ބަޔަކު ފަހަމުން ދިޔަ ކުކުޅެއް އެމީހުންނަށް އަތުނުވާން އުދުހިފައި ދިޔަގޮތަށް ގޮސް ފިހާރައިގެ ބިއްލޫރިގަނޑުގައި ޖެހުމުން ކަމަށެވެ.

"ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައި ފިހާރަ ތެރެއަށް ވަން ކުކުޅު ނެރުނީ އެ ފިހާރައިގެ މީހުން. ކުކުޅު ފަހައި އައި ބަޔަކަށް ވެސް އޭތި އަތުވާގޮތެއް ނުވި"، މަންޒަރު ދުށް މީހަކު ބުންޏެވެ.

ބިއްލޫރިގަނޑު ތަޅައިގެން ދިޔަ ވަގުތު ފިހާރައިގައި މީހުން ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.