Last Updated: April 30, 12:06
Tuesday, April 30, 2024
ކޮލަމް

ޢިބުރަތްތެރި ހާދިޘާއެއް!

މޫސާ އަލައިހިއްސަލާމުގެ ދުޢާ ﷲ ސުބުނަހޫ ވަތަޢާލާ އިޖާބަކުރައްވައި، މަހުޖަނު ޤާރޫނާއި އޭނާގެ މުދާ އެއްކޮށް ބިމުއަޑިޔަށް ގެންބެވި ވާހަކައަކީ ކީރިތިޤުރުއާނުގައި ވަރަށްތަފުސީރުކޮށް ބަޔާންކުރެވިފައިވާ ވާހަކައެކެވެ.

އެކަންބަޔާންކުރައްވައި ﷲ ސުބުހާނަހޫ ވަތައާލާ ކީރިތި ޤުރުއާނުގެ އަލްޤަސަސު ސޫރަތުގައި ވަޙީކުރައްވަނީ :
فَخَسَفْنَا بِهِ وَبِدَارِهِ الْأَرْضَ فَمَا كَانَ لَهُ مِن فِئَةٍ يَنصُرُونَهُ مِن دُونِ اللَّهِ وَمَا كَانَ مِنَ المُنتَصِرِينَ.
މާނަ "ފަހެތިމަންއިލާހު އޭނާއާއި އޭނާގެ (ގާރޫނާއިއޭނާގެޚާޒާނާތައް) ގެއާއެކުގައި، ބިންގަނޑުގަންބަވައިގެންނެވީމެވެ. ފަހެ ﷲއާދެކޮޅަށް އޭނާއަށް ނަސްރުދޭނެ އެއްވެސް ބައެއްނުވެއެވެ." ގާރޫނަކީ މޫސާގެފާނުންގެ ބޮޑުބޭބޭގެ ދަރިއެކެވެ. މީނާއަކީ ﷲދެއްވިމުދަލާއި ތަނަވަސްކަމުގެ ސަބަބުން ބޮޑާކަމާއި ހަސަދަވެރިކަމުން ހައްދުންނެއްޓިފައިވާ މީހެކެވެ. އެސަބަބާހުރެ ގާރޫނު، ﷲގެނަބިއްޔާ މޫސާގެގެފާނަށް ޗެލެންޖް ކުރިއެވެ. އެހިނދު މޫސާގެ ފާނު ﷲގެ ހަޟުރަތުގައި ދުއާދެންނެވިއެވެ. އެދުޢާ ﷲ އިޖާބަކުރައްވައި ގާރޫނާއި އޭނާގެ މުޅިމުދާ ބިމުގެއަޑިއަށް ގަންބަވައިގެން ގެންދެވިއެވެ.

އިހަކަށްދުވަހު އެމެރިކާގެ ފޮލޮރިޑާސްޓޭޓްގެ ރަށްފުށުގެ ކުޑަ އަވަށެއްގައި ހިނގި ހާދިސާއެކެވެ. އުމުރުން 36 އަހަރުގެ ޖެފްރީބުޝް އޮތީއޭނާގެ ގޭގެ އެދެއްގައި އަރާމުގައި ގަދަނިދީގައި ނިދާށެވެ. ނިދަންއޮތްވާ ކުއްލިޔަކަށް އޭނާ ނިދިންހޭލެވުނީ އޭނާ ނިދަންއޮތް އެނދާ އޭނައާއެއްކޮށް އަޑިޔަށް ގެބެންފެށުމުންނެވެ. ހާސްކަމާއި އެކީ ހޭލެވިގެން ވަގުތުން އެހީއަކަށް އެދި ގޮވަންފެށީ އޭނާގެ ބޭބެ އަށެވެ. ބޭބެ އައިސްބަލާލިއިރު އޭނާގެ ކޮއްކޮ ޖެފްރީބުޝްއާއި އޭނައޮތް ކޮޓަރި އެއްކޮށް، އޭނާ ބަލަން ހުއްޓާ ގެބިގެން އަޑިޔަށް ދަނީއެވެ. އެހީތެރިވެދިނުމުގެ ގޮތުންކުރެވޭނެ އެއްވެސް ކަމެއް ނެތެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި ޖެފްރީބުޝްގެ ކޮޓަރި ހުރިތަން އެތައް ފޫޓްފުންމިނުގެ ބޮޑު ވަޅުގަޑަކަށް ބަދަލުވީ އެވެ. ހުރިހާމީޑީޔާއަކުން ވެސް މިކަން ވަރަށް އާދަޔާޚިލާފު ކަމެއްގެ ގޮތުގައި ފާހަނގަ ކުރިއެވެ. ސައެންސްވެރިން މިކަމާބެހޭގޮތުން ތަފާތު ޚިޔާލުތައް ފާޅުކުރަމުން އެބަ ގެންދެ އެވެ.

އެއްވެސް ބަޔަކަށް ކަޑައެޅިގެން މިކަންހިނގީ މިވެނި ސަބަބާކާހެދި ކަމެއްކަން ޔަގީންކަމާއެކު ބުނާކަށް ނޭގެއެވެ. ރެސްކިޔުޓީމުތަކުން ގެބިގެންދިޔަ މީހާ ހޯދުމުގެ މަސައްކަތް ވަގުތުންފެށިއެވެ. ނަމަވެސް އަދިވަނީ ކާމިޔާބުނުވެފައެވެ. ދުނިޔޭގެ ބޮޑެތި ޓީވީޗެނެލްސް ތަކުން މިޚަބަރު ގެނެސްދީފައި ވެ އެވެ. އޭގެތެރޭގައި ސީއެންއެން. ބީބީސީ ހިމެނެ އެވެ.

ޖެފްރީބުޝް އާއި އޭނާގެ އާއިލާ އަދި އެތާކާރީގައި ދިރިއުޅޭ އެހެން އާއިލާތައްވެސް މިހާރުވަނީ އެހެން ސަރަހައްދަކަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އަދި އެސަރަހައްދު އެއްކޮށް ބަންދުކޮށް މީޑީޔާއަށްވެސް އެތަނާ ކާރިވުންވަނީ މަނާކޮށްފައެވެ. ގެބިގެން ހެދުނު ވަޅުގަޑު އަދިވެސް ދަނީ އިތުރަށް ފުންވަމުންނެވެ. ގެބުނު މީހާ ހޯދުމަށްޓަކައި ޚާއްސަ ކެމެރާތަކާއި މެޝިނަރީތައް ބޭނުންކޮށްގެންވެސް އަދިވަނީ ކާމިޔާބު ނުވެފައެވެ.

ibura 2

އުއްމީދު ކުޑަވުމުން މިހާރު ހޯދުމުގެ މަސައްކަތްވަނީ މެދުކަޑާލާފައެވެ. ރިޕޯޓްތައްބުނާގޮތުން ކުއްލިޔަކަށް މިފަދަ ހާދިސާއެއް ހިނގުމުން އެސަރަހައްދުގައި ދިރިއުޅޭ މީހުންވަނީ ވަރަށްބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. އަދި މިހާރު ގިނަމީހުން ބޭނުންވަނީ އެހެންސަރަހައްދަކަށް އެމީހުންގެ ދިރިއުޅުން ބަދަލުކުރާށެވެ.

އެހެނަސް ކަމާބެހޭ ފަރާތްތަކުން އެމީހުން ހިތްހަމަޖެއްސުމަށްޓަކައި ބުނަމުންދަނީ މިކަމަކީ އާކަމެއްނޫންކަމެވެ. މީގެ ކުރިންވެސް އެސަރަހައްދުން ބިންގަޑު ކަޑައިގެން ދިޔުމުގެ ހާދިސާތައް ހިނގާފައިވެއެވެ. އެކަން އެހެންވާންޖެހޭ ސަބަބަކީ ފޮލޮރިޑާގެ ބިމުގެ އަޑީގައި ބޮޑެތި ހޮހޮޅުތައް ހުރުމުން ކަމަށްވެސް އެމީހުން ބުނެއެވެ. އެހެނަސް މިފަދަގޮތަކަށް އިންސާނަކު ބިންގަޑުގެ ތެރެއަށް ގެބިގެން ދިޔުމަކީ މިފަދަ ފުރަތަމަ ހާދިސާއެވެ.

ސައެންސްވެރިން ކޮންމެފަދަ ވާހަކައެއްދެއްކިކަމުގައި ވިޔަސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މިފަދަ ހާދިސާތަކަކީ އިންސާނުންގެ އަމަލުތަކާއި ގުޅިގެންހިނގާ ކަންކަމެވެ. ކީރިތި ރަސޫލު ސައްލައްﷲ އަލައިހި ވަސައްލަމަގެ ހަދީޘު ފުޅެއްގައި ވަނީ :أن رسول الله صلى الله عليه وسلم قال : في هذه الأمة خسف ومسخ وقذف، فقال رجل من المسلمين : يارسول الله ومتى ذلك ؟ قال : إذا ظهرت القينات والمعازف وشربت الخمور . رواه الترمذي وصححه الألباني. .
މާނަ: ހަމަކަށަވަރުން ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމަ ހަދީޘު ކުރެއްވިއެވެ. މިއުއްމަތުގެ ތެރެއިން ބަޔަކު ގަޒުފުކުރެވި، ސިފަބަދަލުވެ، ބިމަށްގަންބައިގަންނަވާނެއެވެ. އެހިނދު މުސްލިމުންގެ ތެރެއިން މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާއެވެ. އެއީކޮންއިރަކުންތޯއެވެ؟ އެހިނދު ހަދީޘު ކުރެއްވިއެވެ. ރާބުއިމާއި، މިޔުޒިކު ސާމާނާއި، ލަވަކިޔައު ނަށާ އަންހެނުން ފާޅުވުމުންނެވެ.