Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ގައިން ގަޔަށް ނާރާ ބަލިތަކާއި ބެހޭ ޚާއްސަ ވޯކްޝޮޕް ނިންމާލައިފި

އެޗްޕީއޭ އާއި ޑަބްލިއުއެޗްއޯ ގުޅިގެން ބޭއްވި ވޯކްޝޮޕުގެ ތެރެއިން.

ގައިންގަޔަށް ނާރާ ބަލިތަކާއި ބެހޭގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ވޯލްޑް ހެލްތް އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) ގުޅިގެން 3 ދުވަހުގެ މުއްދަތަކަށޤ އައްޑޫގައި ބޭއްވި ވޯކްޝޮޕް ނިންމާލައިފިއެވެ.

އެޗްޕީއޭ އިން މައުލޫމާތު ދެއްވި ގޮތުގައި މި ވޯކްޝޮޕަކީ ގައިންގަޔަށް ނާރާ ބަލިތަކާ ބެހޭ ގޮތުން ޑަބްލިއު.އެޗް.އޯ އިން ތައްޔާރު ކޮއްފައިވާ "ޕެކޭޖް އޮފް އެސެންޝަލް ނޮން ކޮމިއުނިކަބަލް ޑިޒީޒް އިންޓަރވެންޝަންސް" އަށް އައްޑޫގައި ހުރި ސިއްޙީ ޚިދުމަތްދޭ ތަންތަނުގައި ތިބި މުވައްޒަފުން އަހުލުވެރިކުރުވުމަށް ބޭއްވި ވޯކްޝޮޕެކެވެ.

އައްޑޫ ސިޓީ، ދަމަނަވެށިން އޮފީހުން މައުލޫމާތު ދޭ ގޮތުގައި ވޯކްޝޮޕް ނިމުމާއި އެކު އައްޑޫގައި ޑަބްލިއުއެޗްއޯގެ "ޕެން" ޕެކޭޖް ތަންފީޒު ކުރަން ފަށާނެ ކަމަށެވެ.