Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

މަޖިލީހުގައި މިއަދު ވެސް ސިފައިން، މެމްބަރުން ޒުވާބުގައި!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު ފެށި ނަމަވެސް މިއަދުގެ ޖަލްސާވެސް ފެނިގެން ދަނީ މަޖްލިސްގެ ރައީސް އާއި އިދާރީ މޭޒު ވަށައިގެން ސިފައިންގެ ސަފު ހަދައިގެން ތިބި މަންޒަރެވެ.

އިދިކޮޅު މެމްބރުން މަސީހުގެ އިސްތިއުފާއަށް ގޮވަމުން އަންނަ އިރު، ސަރުކާރަށް ތާއިދު ކުރާ މެމްބަރުން ދަނީ ބަހުގެ ހަމަލާ ބަދަލު ކުރަމުންނެވެ.

މެމްބަރ ރޮޒެއިނާ އަދި މާރިޔާ އަހްމަދު މަސީހު މަޖްލިސްގެ ރައީސްގެ ގޮޑީގައި ހުންނަން ލަނދު ނުގަނޭހޭ ކިޔައި ގޮވަމުން އަންނަ އިރުވެސް މަސީހު ޖެހި "ބުދެއް" ހެން މަޖްލިސްގެ ރައީސް ގޮޑީގައި އެބައިންނެވިއެވެ.

މަޖްލިސްގައި ދެންމެ ނެގި ވޯޓުން ލިބުނީ އެންމެ 28 ވޯޓެވެ. އެއީ ލަންކާގައި ހުންނަ ސަފީރަކަށް މުހައްމަދު ހުސެއިން ޝަރީފަށް ރުހުން ދިނުމަށް ނެގި ވޯޓެވެ. އެކަމާއި އިދިކޮޅު މެމްބަރުން ދަނީ އެކަމަށް ޖޯކު ޖަހަމުންނެވެ. އޭގެ ފަހުން އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އަޔޯރާ) ގައި ރާއްޖެ ބައިވެރި ވުމުގެ މައްސަލަ ފާސްވީ އެންމެ 27 ވޯޓުން.

ވޯޓު ނެގުމަށްފަހު މަޖްލިސްގެ ރައީސް ވަނީ ޗެމްބަރ ދޫކުރައްވައި ވަޑައިގެންފައެވެ.

މަޖްލިސްގެ ހަރަކާތް އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ އާދަމް ގެންދަވަނީ ފޭސްބުކް ލައިވް މެދުވެރިކޮށް ރައްޔިތުންނަށް ދައްކަމުންނެވެ.

އިިދިކޮޅު މެމްބަރުން ވޯޓުގެ ނަތީޖާއަށް ފަހު "ދެން އަތްޖަހާ" ކިޔައި ޖޯކު ޖަހަމުން އަންނަ އިރު ސަރުކާރަށް ނިސްބަތްވާ މެމްބަރުން ދަނީ ހޫނު ބަހުގެ ހަމަލާ ދެއްވަމުންނެވެ. އެގޮތުން ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއް ރަހީމް ވަނީ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރ މާރިޔާ އަހްމަދު ދީދީ އަށް ހޫނު ބަހުގެ ހަމަލާދެއްވާފައެވެ.

ތަފްސީލް އަންނަނީ…