Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

ދޮރަށް "ކިކް" ޖައްސަވައި އާރިފް ވަދެވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ ހިންނަވަރު ދާއިރާގެ މެމްބަރ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ކޮޓަރިކޮޅުގެ ދޮރުގައި ފައިން "ކިކް" ޖައްސަވައި ގަދަ ބާރުން އަލީ އާރިފް ވަދެ ވަޑައިގެންފިއެވެ.

އަލީ އާރިފް އިބޫގެ ކޮތަރި ކޮޅަށް ވަދެވަޑައިގެންނެވި އިރު ހުރީ ރުޅިއައިސް ރަތްވެފައެވެ. އަނގައި ގޮވުނު އެއްޗެއް ގޮވަމުން ގޮސް އިބޫގެ މޭޒުކޮޅުގައި ވަރަށް ބާރަށް ޖެއްސެވިއެވެ.

އާރިފުގެ އިތުރުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ވަދެވަޑައިގަންނަވައެވެ. އެ މެންބަރުންގެ ފަހަތުން މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވަދެވަޑައިގަންނަވައެވެ.

ނިހާން. އާރިފް އަދި ފަލާހުގެ ރުޅިގަނޑު ކޮންޓްރޯލް ނުކުރެވިގެން ދިޔަ މަންޒަރު މިއަދު ވަނީ ފެނިގެން ގޮސްފައެވެ