Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

"ލީޑަރަކު އަންގައިފި ނަމަ ތިން ހަތަރު "އެތި" މަޖިލީހުން ބޭރު ކުރާނަން"

ޕީޕީއެމްގެ ލީޑަރަކު އަންގައިފި ނަމަ ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެންބަރުން ކިހިލި ޖަހައިގެން ވެސް މަޖިލީހުން ބޭރު ކުރާނެ ކަމަށް ފޭދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމްދީދީ (އައިބީ) ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޑިވޮލަޕްމަންޓް އެލައެންސް (އެމްޑީއޭ)ގެ ޖަގަހައިގައި ރޭ ބޭއްވި ޖަލްސާއެއް ގައި ވާހަކަ ދައްކަވަމުން އައިބީ ވިދާޅުވީ، މަޖިލީހުގައި ޕީޕީއެމްގެ މެންބަރުން މަޑުން ތިއްބަވަނީ ބާރެއް ނެތިގެން ނޫން ކަމަށެވެ. އެހެން ނަމަވެސް ލީޑަރަކު އަންގަވާ އިރަށް "އޮންނާނީ ކުޅި ދައްކާލާފައި" ކަމަށް އައިބީ ވިދާޅުވިއެވެ.

"ލީޑަރަކު އަންގައިފިއްޔާ ތިން ހަތެރު 'އެތި' ކިހިލި ޖަހައިގެން މަޖިލީހުން ބޭރު ކުރާނަން، ސިފައިން ގެންނާކަށް ނުޖެހޭ." އައިބީ ވިދާޅުވިއެވެ.

އައިބީ ވިދާޅުވި ގޮތުގައި، މަޖިލީހުގައި މަޑުން ތިއްބަވަނީ ލީޑާޝިޕުގައި ތިއްބެވީ ވަރަށް ބަސްއަހައިގެން ކެތްތެރިކަމާއި އެކު ގާނޫނީ ވެރިކަމެއް ކުރުމަށް ބޭނުންވާ ބަޔަކަށް ވާތީ ކަމަށެވެ. އެހެން ނަމަވެސް މިހާރު "ޗޭނު ކަނޑާލާ ހިސާބަށް" ހިނގައްޖެ ކަމަށެވެ.

އައިބީ ވިދާޅުވީ، ސަރުކާރުގެ ކޮރަޕްޝަނުގެ އަމަލުތަކަށް ތުހުމަތުކޮށް ވަގަށް ގޮވަމުން ގެންދާ ކަމަށާއި އެހެން ނަމަވެސް އެބޭފުޅާ އަށް އަމާޒުކޮށް ވަގަށް ގޮވަން އިދިކޮޅު ފަރާތްތަކަށް ލާހިކައެއް ނޫން ކަމަށެވެ.

"ލާހިކައެއް ނޫން އަޅުގަނޑަށް ވަގަށް ގޮވާކަށް، ގޮވާއިރަށް ހަމަ ގަންޖާބޯއޭ ގޮވާލާނަން"