Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ގާސިމްގެ ސިއްރު ޝަރީއަތް މެދު ކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރ އަދި ޖުމްހުރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ މައްޗަށް އުފުލާފައިވާ ރިޝްވަތް ދިނުމުގެ ދައުވާގެ މިއަދުގެ އަޑުއެހުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ.

މިއަދު 11 ޖެހި އިރު ފެށި މި ޝަރިޢަތް ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ. ގާސިމްގެ ޝަރީއަތް މެންދުރު 12 ޖެހިއިރު މެދު ކަނޑާލާފައިވަނީ މެންދުރު ކެއުމަށާއި ނަމާދު ކުރުމަސް ވަގުތު ދިނުމުގެ ގޮތުންނެވެ. އަދި އަލުން ޝަރީއަތް މެންދުރު 1:30 ގައި ފަށާނެކަން ވަނީ އަންގާފައެވެ.

ގާސިމްގެ މައްޗަށް އެ ދައުވާ ކުރަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައާއި ގުޅިގެން ކުނޫޒުގައި ދެއްކެވި ވާހަކަތަކަކަށް ބިނާކޮށެވެ.