Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ޚިޔާނާތުގެ ފައިސާގައި މަހުލޫފް ވެސް ހިފި: ފަލާހް

photo: mihaaru news

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު "ބެއްސެވި" ޚިޔާނާތުގެ ފައިސާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފްވެސް ވަނީ ހިފާފައިކަމަށްބުނެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު މަހްލޫފަށް ފާޑުވިދާޅުވެއްޖެއެވެ.

މިހާރު އިދިކޮޅު އިއްތިހާދުގައި ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް މެމްބަރަށް މަހްލޫފް ވެފައިވާއިރު ފަލާހު ރޭ އެމްޑީއޭ ޖަލްސާގައި ވާހަކަ ދައްކަމުން ވިދާޅުވެފައިވަނީ ރައީސް ޔާމީން ވައްކަމުގެ ފައިސާއެއްގައި ހިފާފައިނުވާނެ ކަމަށާއި ނަމަވެސް މަހުލޫފަކީ ޚިޔާނާތުގެ ފައިސާގައި ހިފި މެމްބަރެއް ކަމަށެވެ.

ރައްޔިތުންގެ ފައިސާއިން އަދީބު ޚިޔާނާތްތެރިވެފައިވާ ކަމަށާއި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވޭނީ އެފައިސާ ދެއްކުމުން ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާއިރު ރޭގެ ޖަލްސާގައި ފަލާހު ވަނީ އެފައިސާ އަދީބު ދައުލަތަށް ދެއްކުމަށް މަހްލޫފް އަދީބު އަތުން ނެގި ފައިސާ އޭނާއަށް ދެއްކުމަށް ގޮވާލާފައެވެ.

ފާޅުގައި ފަލާހުގެ ތުހުމަތުތައް މަހްލޫފަށް އަމާޒުވެފައިވާއިރު އޭނާ ބުނެފައިވަނީ އަބުރުގެ ދައުވާ ކުރިޔަސް ކޯޓުގައި މަހްލޫފް އަދީބު އަތުން ފައިސާ ނެގިކަމަށް ޚަތިމުގައި އަތްލާ ހުވާކުރަންވެސް ތައްޔާރު ކަމަށެވެ.