Last Updated: April 25, 11:25
Thursday, April 25, 2024
ޚަބަރު

ތިން މެމްބަރަަކަށް ސިފައިން ހުރަސް އެޅި މައްސަލަ އަމީން އާންމަށް!

ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީގެ ތިން މެމްބަރަކަށް އެސްޕީޖީ ސިފައިން ހުރަސް އެޅި މައްސަލައެއް ބަލައި ދިނުމަށް މަޖްލިސްގެ އަމީން އާންމަށް ހުށަހަޅައިފިއެވެ.

މިއަދު ހެނދުނު 9:30 ގައި 3 ނަންބަރ ކޮޓަރީގައި ކުރިއަށް ދިޔަ ކޮމެޓީއަށް ދަނިކޮށް ހުރަސް އަޅާފައިވަނީ މަކުނުދޫ ދާއިރާގެ މެމްބަރ އަނާރާ ނައީމް އަށާއި، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އަލީ ނިޒާރުގެ އިތުރުން މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރުއަށެވެ.

އެތިން މެމްބަރުން ސޮއި ކުރައްވައި މަޖްލިސްގެ އަމީން އާންމަށް ފޮނުއްވި ސިޓީގައި ބުނެފައިވަނީ އެ ތިން މެމްބަރުންނަށް ކޮމެޓީއަށް ވަނެނުދީ 10 ވަރަކަށް މިނިސްޓް ވަންދެން ހުރަސް އަޅާފައިވާ ކަމަށެވެ.

އަނާރާ ވިދާޅުވީ މަޖްލިސްގެ ނިޒާމް ގެއްލިފައިވާ ކަމަށާއި މިނޫން ގޮތެއް އޮންނަން ޖެހޭ ކަމަށެވެ.

މަޖްލިސްގެ ޖަލްސާ މިއަދުވެސް ފެށީ ސިފައިން މަޖްލިސްގެ ރިޔާސަތު ވަށާލުމަށްފަހުއެވެ. މަޖްލިސް ޗެމްބަރ ގައި މަޖްލިސް މެމްބަރުންނަށް ވުރެ ގިނައީ ސިފައިންނެވެ. ސިފައިން މަޖްލިސްގެ ރައީސް ހިމާޔަތް ކުރަން ތިއްބެވި އިރު އެއް މެމްބަރަކު އަނެއް މެމްބަރެއްގެ ގަޔަށް ބޮލަށް އަރައި އަވަގުރާނަ ގޮވަމުން ދިޔަ މަންޒަރު ވަނީ ފޭސްބުކް ލައިވްކޮށްފައެވެ.