Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

މަޖްލިސްގެ ހަތަރު މެމްބަރެއްގެ ޝަރީއަތް މާދަމާ ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް މިދިޔަ ޖުލައި މަހުގެ 24 ވަނަ ދުވަހު ވެންނެވި 4 މެމްބަރެއްގެ މައްސަލަ މާދަމާ ކްރިމިނަލް ކޯޓުގައ ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މަޖްލިސްގެ އިދާރާ ތެރެއަށް ވަދެވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ 13 މެމްބަރެއްގެ މައްސަލަ ޕީޖީން ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ އިރު މާދަމާ ފަށަނީ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހުއާއި ހިތަދޫ މެދުދާއިރާގެ މެމްބަރު އިބްރާހިމް ދީދީއާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އަދި ނޮޅިވަރަމް ދާއިރާގެ މެމްބަރު ހުސައިން އަރީފްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތް ތަކެތެވެ.

މި މެމްބަރުންގެ މައްޗަށް ކުރަނީ ފުލުހުންގެ ސަފުތައް ފޫއަޅުވާލުމާއި، މާރާމާރީ ހިންގަން މަސައްކަތް ކުރުމުގެ އިތުރުން އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުގެ ދައުވާއެވެ.

މިއީ މަޖްލިސްގެ ގިނަ އަދަދެއްގެ މެމްބަރުންގެ މައްޗަށް އެއްފަހަރާ ދައުވާ ކުރަން ފޮނުވި ފުރަތަމަ ފަހަރެވެ. މަޖްލިސްގެ މެމްބަރުން އެތައް ފަހަރެއްގެ މަތިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގައި މައްސަލަތައް ޕީޖީން ކޯޓަށް ފޮނުވުމާއި ގުޅިގެން ޕީޖީ ބިޝާމްއަށް އިދިކޮޅު މެމްބަރުން ދަނީ ފާޑު ކިޔަމުންނެވެ.

މަޖްލިސްގެ ގިނަ މެމްބަރުންނަށް ކުރާ ދައުވާ ސާބިތުވެއްޖެ ނަމަ މަދުވެގެން 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނަާނެއެވެ.