Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

"އައްޑޫ މެރަތަން" ގެ ހެލްތު ޕާޓްނަރަކަށް އައިއެމްޑީސީ

އަންނަ ހުކުރު ދުވަހު "އައި ރަނާސް"އިން އިންތިޒާމް ކޮށްގެން ބާއްވާ "އައްޑޫ މެރަތަން"ގެ ހެލްތު ޕާޓްނާއަކަށް އައިއެމްޑީސީ ހޮސްޕިޓަލް ހަމަޖައްސައި އެގްރިމެންޓްގައި ސޮއިކޮށްފިއެވެ.

މެރެތަންގައި ބައިވެރިވާ ދުވުންތެރިންގެ މެޑިކަލް ޗެކަޕް އާއި ދުވުން ކުރިއަށްދާ ވަގުތު ދުވުންތެރިންނަށް ދިމާވެދާނެ ހުރިހާ ސިއްހީ މައްސަލަތަކެއް ބަލަމުންދާނީ އައިއެމްޑީސީގެ ހާއްސަ ޓީމަކުންނެވެ.

އައްޑޫ މެރަތަންއަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ އިރު މިއީ އައްޑޫގައި މިފަދައިން ބާއްވާ އެންމެ ފުރަތަމަ މެރަތަން މުބާރާތެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކުރިއަށް ގެންދާ އައްޑޫ މެރަތަންގައި ބައިވެރިން މެރަތަން، ހާފް މެރަތަން، 10 ކިލޯމީޓަރ އަދި 5 ކިލޯ މީޓަރގެ އިތުރުން ކުޑަކުދިންނަށް ހާއްސަ 2 ކިލޯ މީޓަރުގައި ދުވާނެއެވެ.

އައްޑޫ މެރަތަންގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަމުން އަންނަ "ފީލް މޯލްޑިވްސް"އެވެ. ކޯ ސްޕޮންސަރުންނަކީ އެމްޕީއެލްގެ އިތުރުން އެމްޓީސީސީއެވެ. ސްޕޯޓްސް ޕާޓްނާ އަކީ ފަލަކް ސްޕޯޓްސްއެވެ. އެކްސްޕޯ އަދި ރިވޯޑިން ޕާޓްނާއަކީ ޕާން ޕިނޯސްއެވެ. މެރަތަންގެ މީޑިއާ ޕާޓްނާއަކީ އައްޑޫލައިވްއެވެ.