ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އަހްމަދު ރަޝީދު މިއަދު ސަސްޕެންޑް ކޮށްފިއެވެ.
އަހްމަދު ރަޝީދު ސަސްޕެންދޑް ކުރީ ޖޭއެސްސީއަށް ހުށަހެޅު މައްސަލައެއް ބެއްލެވުމަށްފަހުއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއްކަން ޖޭއެސްސީ އަދި ކްރިމިނަލް ކޯޓުން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވަނީ އަހްމަދު ރަޝީދު ސަސްޕެންޑް ކުރީ ކްރިމިނަލް ކޯޓުގައި މިފަހަކަށް އައިސް ބަލަމުންދާ ސިޔާސީ މައްސަލަ ތަކާއި ގުޅޭ ގޮތުން ވާހަކަފުލު ދައްކާވާތީއެވެ.
އަހުމަދު ރަޝީދަކީ 2015 ވަނަ އަހަރުން ފެށިގެން ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ކުރައްވަމުން ގެންދަވާ ފަނޑިޔާރެކެވެ.