Last Updated: June 11, 13:15
Thursday, June 11, 2026
ދީން

ހާއްސަ ދަރުހެއް މިރޭ ހުޅުމީދޫގައި

ދީނީ ހޭލުންތެރިކަން އިތުރުމުގެ ގޮތުން ބާއްވާ ވަރަށް ހާއްސަ ދަރުހެއް މިރޭ ހުޅުމީދޫގައި ބާއްވަން ނިންމައިފި އެވެ.

އަދާލަތު ޕާޓީގެ ހުޅުމީދޫ ގޮފިން އިންތިޒާމުކޮށްގެން ބާއްވާ މި ދަރުސް އޮންނާނީ މިރޭ 8:45 ގައި ސ. އަތޮޅު މަދަރުސަަގަ އެެވެ. މި މި ދަރުސްގައި ވާހަކަ ދެއްކުމަށް ހަމަޖެހިފައި ވަަނީ ޝެއިހް އިލްޔާސް ހުސައިން އާއި ޝެއިހް މުހައްމަދު އަފީފު އެވެ.

އަދާލަތު ޕާޓީހެ ހުޅުމީދޫ ގޮފީގެ ފަރާތުން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ މިރޭ އޮންނަ ދަރުސްގައި ޝެއިހް އިލްޔާސް ވާހަކަ ދައްކަވާނީ "ގިޔާމަތް ދުވަސް" މި މައުޞޫއަށް ކަމަށެވެ. އަދި ޝެއިހް އަފީފް ވާހަކަ ދައްކަވާނީ ""މާތް ރަސޫލާގެ ސުންނަތް" މި މައުޞޫއަށް އަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ދަރުސް އަޑު އެހުމަށް ރަށުގެ ވީހާ ވެސް ގިނަ ރައްޔިތުންތަކެއް ހާޒިރުވުމަކީ ވަރަށް ބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށެވެ.