Last Updated: June 22, 18:40
Monday, June 22, 2026
ޚަބަރު

ގަވަރުނަރުކަމަށް ނަސީރުގެ ނަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ރިޔާސަތު ވަށާލައި ސިފައިން ބައިތިއްބައިގެން ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

އިދިކޮޅު މެމްބަރުންގެ ހަޅޭކާއި އިހްތިޖާޖުގެ ތެރެއިން ގަވަރުނަރުކަމަށް ގެނައުމަށް ރައީސް އަބްދުﷲ ޔާމީން ނަން ފޮނުއްވި އަހަމުދު ނަސީރުގެ ނަން ވޯޓުގައި ބައިވެރިވި 33 މެމްބަރުންގެ ވޯޓުން ފާސްކޮށްފިއެވެ.

އިދިކޮޅު މެމްބަރުން މަޖިލީހުގެ ރައީސްގެ އިސްތިއުފާއަށް ގޮވަމުން ދާއިރުވެސް މަސީހު އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

އިދިކޮޅު މެމްބަރުން ގޮވަމުން ދަނީ މަޖްލިސްގެ ރައީސް ވަރުގެ ފިނޑި މީހަކު ނުފެންނަ ކަމަށާއި 45 މެމްބަރުންގެ ސޮޔާއި އެކު އިތުބާރު ނެތްކަމަށް ހުށަހެޅުމުންވެސް ގޮޑީގައި ބައްދައިގެން ހުންނެވި ކަމަށެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރ ރޮޒެއިނާ އާދަމް މިއަދުގެ ޖަލްސާ ފޭސްބުކް ލައިވް މެދުވެރިކޮށް ލައިވް ކުރަމުން ވިދާޅުވީ މަޖްލިސްގެ ނިޒާމް ގެއްލިފައި ވަނިކޮށް ވޯޓަކަށ ނޭހޭނެކަމަށް މަޖްލިސްގެ ގަވާއިދުގައި ވަރަށް ސާފު ބަހުން ލިޔެފައިވާ އިރު އެވަރުވެސް މަސީހަށް ނޭގޭ ކަމަށެވެ.

ރޮޒެއިނާ ވިދާޅުވީ ޕީޕީއެމްގެ ބައެއް މެމްބަރުން ގޭގައި ފިލާ ތިއްބާ ގަދަކަމުން ގެނެސް ވޯޓަށް އެހީމަވެސް ލިބުނީ އެންމެ 33 ވޯޓެވެ.

މިއަދުގެ ޖަލްސާއަކީ ދެވަނަ ދައުރުގެ ފަހު ޖަލްސާކަަމަށް އިއްލާންކޮށް ޖަލްސާ ނިންމަވާލައްވައިފިއެވެ.