Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

"އައްޑޫ މެރަަތަން" ގެ އެކްސްޕޯ މިއަދު ޕާން ޕިނޯސްގައި

މާދަމާ ފަށާ އައްޑޫ މެރަތަންގެ އެކްސްޕޯ މިއަދު މެންދުރު 2 ޖަހާއިރު ހިތަދޫ ޕާން ޕިނޯސްގައި އޮންނާނެކަމަށް އިވެންތް އިންތިޒާމް ކުރާ އައި ރަނާސްއިން ބުނެފިއެވެ.

އައި ރަނާސްގެ ފައުންޑަރ ހުސެއިން ޝުޖާއު ބުނީ އައްޑޫ މެރަތަން އާއި ގުޅޭ މުހިއްމު މައުލޫމާތު ދިނުމަށާއި، ދުވުންތެރިންގެ ބިބް މި އެކްސްޕޯގައި ދޫކުރާނެކަމަށެވެ.

އެހެންވެ ދުވުމުގައި ރަޖިސްޓްރީވި ހުރިހާ ދުވުންތެރިން މި އެކްސްޕޯއަށް އައިޑީ ކާޑް ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދި ދައުވަތު އަރުވައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކުރިއަށް ގެންދާ އައްޑޫ މެރަތަންގައި ބައިވެރިން މެރަތަން، ހާފް މެރަތަން، 10 ކިލޯމީޓަރ އަދި 5 ކިލޯ މީޓަރގެ އިތުރުން ކުޑަކުދިންނަށް ހާއްސަ 2 ކިލޯ މީޓަރުގައި ދުވާނެއެވެ.

އައްޑޫ މެރަތަންގެ މެއިން ސްޕޮންސަރަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރަމުން އަންނަ "ފީލް މޯލްޑިވްސް"އެވެ. ކޯ ސްޕޮންސަރުންނަކީ އެމްޕީއެލްގެ އިތުރުން އެމްޓީސީސީއެވެ. ސްޕޯޓްސް ޕާޓްނާ އަކީ ފަލަކް ސްޕޯޓްސްއެވެ. އެކްސްޕޯ އަދި ރިވޯޑިން ޕާޓްނާއަކީ ޕާން ޕިނޯސްއެވެ. ހެލްތު ޕާޓްނާއަކީ އައިއެމްޑީސީއެވެ. މެރަތަންގެ މީޑިއާ ޕާޓްނާއަކީ އައްޑޫލައިވްއެވެ.