Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

އެމްޑީޕީ ޕީޖީ ލީޑަރުގެ ކޮޓަރިކޮޅަށް ބިސް ޖަހައިފި

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރ އިބްރާހިމް މުހައްމަދު ސޯލިޙްގެ ކޮޓަރިކޮޅަށް ސަރުކާރަށް ތާއީދު ކުރާ މެންބަރުން ބިސް ޖަހައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާއަށް ފަހު ހިންގި ހަމަނުޖެހުންތަކުގެ ތެރެއިން އިބޫގެ ކޮޓަރިކޮޅަށް ބިސް ޖަހާފައި ވަނީ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ތުހުމަތު ކުރައްވައެވެ. އެހެން ނަމަވެސް މޫސަ ވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް ބާއްވާފައިވަނީ ގިނަ އަދަދެއްގެ ސިފައިންގެ އެހީތެރިކަމާއެކު އެވެ.