Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ގެލެކްސީ ނޯޓް 8 ދައްކާލައިފި

ސެމްސަންގްގެ އެންމެ ފަހުގެ ނޯޓް ސީރީސްގެ ފޯން، ސެމްސަންގ ގެލެކްސީ ނޯޓް 8 ދައްކާލައިފިއެވެ.

ނޯޓް ސީރީސްގެ ނޯޓް 7 ގެ ނާކާމިޔާބީއަށް ފަހަށް ގިނަ ބަޔަކު ވަނީ ނޯޓާއި މެދު ސުވާލު އުފައްދާފައެވެ. ނޯޓް ސީރީސް އަށް ދެން ސްމާޓްފޯނުގެ ދުނިޔޭގައި ފައި ހަމަކޮށްލެވޭނެތޯ ގިނަ ބަޔަކު ވަނީ ސުވާލުކޮށްފައެވެ.

ރޭ ދައްކާލި ނޯޓް 8 ގެ އާ ފީޗާސްތަކާއެކު ސެމްސަންގް ފޯނުތަކަށް ލޯބިކުރާ، ޚާއްސަކޮށް ނޯޓް ގެންގުޅޭ މީހުންނަށް ވަނީ ކޮންމެގޮތެއް ހަދާފަނަމަވެސް ނޯޓް 8 ގަންނަން ނިންމާފައެވެ.

ގެލްކްސީ އެސް 8 ފަދައިން ނޯޓު 8 ވެސް ކަންތައް ތޫނުކޮށް، ބޯޑަރެއް ނެތް ސްކްރީނެއްގައި ފަރުމާކޮށްފައެވެ. އަދި ދިގުމިނުގައި 6.3 އިންޗު ހުންނަ މިފޯނަކީ ނޯޓު 7 އަށްވުރެ ދިގުކޮށް ބައްޓަން ކޮށްފައިވާ ފޯނެކެވެ.

ރެމްގައި 6 ޖީބީ ހިމަނާފައިވާއިރު ޕްރޮސެސާ ބަދަލުކުރަން ސެމްސަންގ އިން ގަސްދުކޮށްފައެއް ނުވެއެވެ. ނަމަވެސް އެސް 8 އަށްވުރެ ގިނައިރު ބެޓެރީ ޗާޖު ހުންނާނެ ކަމަށް ބެލެވެއެވެ.

ކެމެރާގައި 12 މެގަ ޕިކްސެލްގެ ލެންސެއް ހިމަނާފައިވާއިރު ސެމްސަންގއިން މިފަހަރު ވަނީ ޓެލެފޮޓޯ ލެންސަކާއި ވައިޑް އޭންގަލް ލެންސެއްވެސް ހިމަނާފައެވެ. މީގެ ސަބަބުން މުޅިން އާ ފީޗާއެއް "ލައިވް ފޯކަސް" ގެ ނަމުގައި ނޯޓް 8 ގައި ވަނީ ތައާރަފްކޮށްފައެވެ.