Last Updated: June 11, 13:15
Thursday, June 11, 2026
ވިޔަފާރި

ފުޑް ސޭފްޓީން ކުރެހުމުގެ މުބާރާތެއް ބާއްވަނީ

ފުޑް ސޭފްޓީން ކުރިން ބޭއްވި މުބާރާތެއްގެ ބައިވެރިން. ފޮޓޯ/ ފުޑް ސޭފްޓީ މޯލްޑިވްސް

ފުޑް ސޭފްޓީ މޯލްޑިވްސްގެ އަހަރީ ދުވަހާ ގުޅިގެން އަތްތެރި މަސައްކަތާއި ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައިފި އެވެ.

ފުޑް ސޭފްޓީ މޯލްޑިވްސްގެ ސީއީއޯ ރޯޒީ ޝަރީފް ވިދާޅުވީ އައްޑޫގެ ހުރިހާ ޕްރައިމަރީ ސުކޫލްތަކަށް މި މުބާރާތުގައި ބައިވެރި ވުމަށް ދައުވަތު ދީފައިވާ ކަމަށެވެ.

މުބާރާތް ބާއްވަން ހަމަޖެހިފައި ވަނީ އެޕްރީލް 10- 12 އަށް ވަނަ ދުވަހާ ހަމައަށެވެ. ނަތީޖާ ފާޅުކޮށް ވަނަ ވަނަތަކަށް އަންނަ ސްކޫލްތަކަށާއި ދަރިވަރުންނަށް ހަނދާނީ ލިޔުމާއި ޓްރޮފީ ދިނުން އޮންނާނީ ފުޑް ސޭފްޓީ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ އެޕްރީލް މަހުގެ 13 ވަނަ ދުވަހު އެވެ.

ވަނަ ވަނައަށް އަންނަ ސްކޫލްތަކަށާއި ދަރިވަރުންނަށް މުބާރާތުގެ ސްޕޮންސަރުން ވެސް ރަނގަޅު އިނާމުތަށް ހަމަޖައްސައިފައިވާ ކަމަށް ރޯޒީ ވިދާޅުވި އެވެ.