ރައްޔިތުން މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަހުމަދު އައްސަދު މަޖިލީހުގެ ޗެމްބަރުގެ ތެރޭގައި ބިސް ކޮތަޅެއް ގެންގުޅުއްވާ ވީޑިއޯއެއް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހްމަދު މަހުލޫފް އާންމުކޮށްފި އެވެ.
މަހްލޫފް އާންމުކުރި ވީޑިއޯ އިން ފެންނަ ގޮތުގައި މަޖިލީހުގައި އައްސަދަށް ހާއްސަކުރައްވާފައިވާ ގޮނޑީގައި އޭނާ އިންނެވީ ބިސްކޮތަޅެއް މޭޒު ދޮށުގައި ބާއްވައިގެންނެވެ.
އަދި އެ ބިސްކޮތަޅު މަހްލޫފް ވީޑިއޯ ކުރައްވަން ފެއްޓެވުމުން އައްސަދު ގޮނޑިން ތެދުވެ ވަޑައިގަންނަވައެވެ. އޭރު އައްސަދުގެ ވާތުގައި އޮތް ބިސްކޮތަޅު ރީއްޗަށް ފެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ދުންމާރި އާއި ކުކުޅު ބިސް ފަދަ އެއްޗިހި ވެއްދުމަކީ މަނާ ކަމެކެވެ.