Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

މާފުށީ ޖަލުގައި ގައިދީއަކު މަރުވެއްޖެ

ކ.މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ ގައިދީއަކު މަރުވެއްޖެ އެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާފުށީ ޖަލުގައި މަރުވެފައު ވަނީ މ. ވައިޖެހޭ، އިބްރާހިމް އަސްގަރެވެ. އޭނާ މަރުވީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރުގައި ފަރުވާދެމުންދަނިކޮށެވެ.

އަސްގަރުގެ މަރާއި ބެހޭގޮތުން ކަރެކްޝަނަލް ސާރވިސްގެ ފަރާތުން ވަކި އެއްޗެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.