މިނިސްޓްރީ އޮފް ޖެންޑަ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ވަގުތީ ގޮތުން ހިންގެވުން އެޓާނީ ޖެނެރަލް (އޭޖީ) ޢާއިޝަތު ޢާޒިމާ ޝަކޫރާ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ޙަވާލު ކުރައްވައިފި އެވެ.
މިހާތަނަށް އެ މިނިސްޓްރީ ވަގުތީ ގޮތުން ހިންގަވަމުން ގެންދެވީ މިނިސްޓަ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީ ޑރ. މަރިޔަމް ޝަކީލާ އެވެ.
ޖެންޑާ މިނިސްޓްރީގައި ދާއިމީ މިނިސްޓަރަކު ނެތީ ކުރިން ޖެންޑާ މިނިސްޓަރުގެ މަގާމުގައި ހުންނެވި ފާތުމަތު ދިޔާނާ ސައީދު މަގާމުން ވަކި ކުރެއްވުމާ ގުޅިގެންނެވެ.