ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ކްރިމިނަލް ކޯޓުގައި ހުންނަވަނިކޮށް ސިއްހީ ހާލުކޮޅު ދެރަވެ، އަނބުރައިގަނެގެން ވެއްޓިއްޖެ އެވެ.
ގާސިމް ކޯޓުގައި ހުއްޓާ ވެއްޓުމުގެ ސަބަބުން މިހާރު ކުއްލި ހާލަތުގައި ވަނީ އެމްބިއުލާންސްގައި އޭޑީކޭ އަށް ގެންގޮސްފަ އެވެ.

ހިތުގެ އާލާސްކަންފުޅެއް ދިމާވެފައިވާ ގާސިމްގެ ބޭސްފަރުވާއަށް ބޭރަށް ފޮނުވާދިނުމަށް ތަކުރާރުކޮށް ވަކީލުންނާއި އާއިލާގެ ފަރާތުން ވަނީ އެދިފައެވެ.
ގާސިމްގެ މައްޗަށް ހުށަހަޅާފައިވާ ރިޝްވަތު ދިނުމުގެ ތުހުމަތުގެ ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ މީޑިއާތަކަށް ސިއްރުކޮށްގެންނެވެ. އިއްޔެ ވެސް ގާސިމްގެ މި މައްސަލައިގެ އަޑުއެހުމެއް ވަނީ ބާއްވާފައެވެ.