Last Updated: June 11, 13:15
Thursday, June 11, 2026
ސިޔާސީ

"އިންސާފް ޤާއިމްކޮށްފައި ނޫނީ ހުއްޓައެއް ނުލާނަން"

ރާއްޖޭން އަނިޔާވެރިކަން ނައްތާލައި ޢަދުލް އިންސާފް ޤާއިމްކޮށްފައި ނޫނީ އެމްޑީޕީން ހުއްޓާ ނުލާނެ ކަމަށާއި، މިކަމުގައި އެއްގޮތަކަށް ވެސް ފަހަތަށް ނުޖެހޭނޭ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރޭ އުސްފަސްގަނޑުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވ، އެމްޑީޕީން ތެދުވެ މި ތިބީ ރާއްޖޭގައި ޒަމާނުއްސުރެން ކުރަމުން އަންނަ އަނިޔާވެރިކަމާއި، ބޭއިންސާފުން ރައްޔިތުންގެ މައްޗަށް ކުރަމުން އަންނަ ޝަރީޢަތްތަކާ ދެކޮޅަށް ކަމަށާއި، އެ ކަންތައްތައް ހަމަ މަގަށް އެޅުވުމަށް ފަހު ނޫނީ އެމްޑީޕީގެ މަސައްކަތް ހުއްޓާ ނުލާނޭ ކަމަށެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ރައްޔިތުން ބިރު ގަންނަ ތަނަކަށް ހަދާނޭ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވާ އިރު އެ މުއައްސަސާގައި ގިނައީ ގައުމީ ލޯބި ހުރި ތަންދޮރު ދަންނަ ބޭފުޅުން ކަމަށާއި އެފަދަ ބޭފުޅުންނާ އިއްޔެ ޖަލުން ވެސް ދިމާވި ކަމަށެވެ.
އަދި އަބްދުﷲ ރިޔާޒު ވިދާޅުވާ ޒާތުގެ އަނިޔާވެރި ފުލުހުން ގައުމީ ލޯބި ހުރި ފުލުހުންނަށް ވުރެ މަދު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރޭގެ ޖަލްސާގައި އެ މަނިކުފާނު ވަނީ މިހާރު ހުޅުމާލޭ ކޯޓުގައި ކުރިއަށް ދާ ޝަރީޢަތް އިންސާފްވެރިކަމާ އެކު ކުރިއަށް ނުގެންދެވޭ ނަމަ، މިހާރުން މިހާރަށް ހުކުމް ކުރެއްވިޔަސް އަނދަގޮ ޑިއަށް ދާން ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެފަ އެވެ.