Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

އިބްރަހިމޮވިޗްގެ ކޮންޓްރެކްޓް ޔުނައިޓެޑުން އާކޮށްފި

އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑަށް މިދިޔަ ސީޒަނުގައި ކުޅުނު ސްވިޑެންގެ ފޯވާޑް، ޒަލްޓަން އިބްރަހިމޮވިޗް މި ސީޒަނުގައި ވެސް ޔުނައިޓެޑަށް ކުޅޭނެ ކަން ކުލަބުން އަންގައިފިއެވެ.

އިބްރާއަށް އިތުރު އެއް ސީޒަނުގެ ކޮންޓްރެކްޓެއް މެން ޔުނައިޓެޑުން ދީފައިވާއިރުޗ ގިނަ ބަޔަކު ހީކޮށްގެން ތިބީ އިބްރާއަށް ލިބުނު އަނިޔާގެ ސަބަބުން އޭނާގެ ޔުނައިޓެޑު ކެރިއަރު ނިމުމަކަށް އައިސްފައިވާ ކަމަށެވެ.

މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގައި ކުޅުނު މެޗުގައި އިބްރާގެ ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ސީޒަނުގެ ބާކީހުރި މެޗުތަކުގައި ނުކުޅެވުނެވެ.

މިސީޒަނުގައި އިބްރަހިމޮވިޗް ކުޅޭނީ ރޫނީ ކުލަބު ދޫކޮށް ދިއުމުން ހުސްވެފައިވާ 10 ނަމްބަރު ޖާޒީގައެވެ. އިބްރާ ޕީއެސްޖީގައިވެސް ކުޅެފައިވަނީ 10 ނަމްބަރު ޖާޒީގައެވެ.