Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

އަބުދުﷲ ރިޔާޒްގެ ގެކޮޅު ކޯޓު އަމުރެއްގެ ދަށުން ފާސްކުރަން ފަށައިފި

ކިނބިދޫ ދާއިރާގެ މެމްބަރު އަބުދުﷲ ރިޔާޒްގެ ގެކޮޅަށް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރަން ފަށައިފިއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރިޔާޒުގެ ގެއަށް ކޯޓު އަމުރެއް ހިފައިގެން ފުލުހުން ގޮސްފައިވަނީ އޭނާގެ ފޯނާއި ސިމްކާޑު ހިފެހެއްޓުމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުން ރިޔާޒުގެ މައްޗަށް ތުހުމަތު ކުރަނީ، ހަގީގަތާ ހިލާފު ދޮގު ވާހަކަ ދެއްކުމާއި، ފިތުނަ ފަސާދަ އުފެއްދުމާއި، ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ފުލުހުންގެ މުއައްސަސާ ބަދުނާމު ކުރުމުގެ ތުހުމަތެވެ.