Last Updated: July 26, 13:56
Sunday, July 26, 2026
ޚަބަރު

ޝާޑު އާއި އައިބީ އަކީ 2 ޖަވާހިރު: ފަލާހު

ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދަކީ، އައްޑޫގެ ރައްޔިތުންނަށް ލިބިފައިވާ 2 ޖަވާހިރު ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިހެން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ މީދޫގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ.

"މިއީ[ޝާޑު އާއި އައިބީ އަކީ] ވަރުގަދަ ދެ މެންބަރުން. ތިބޭފުޅުންނަށް މިތިބީ 2 ޖަވާހިރުން ލިބިފައި."

ފަލާހު ވިދާޅުވި ގޮތުގައި އައިބީ އާއި ޝާޑު އަބަދުވެސް މަސައްކަތް ކުރައްވަނީ، ބަޖެޓުގައި ކޮންމެވެސް "އެއްޗެއް" ނުޖެއްސެވިގެން ކަމަށެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހު ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. ފަލާހު ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި ބައިވެރިވާ ގޮތަކަށް ނޫން ކަމަށެވެ.