ޖުމްހުރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެމްބަރ ގާސިމް އިބްރާހިމް މިއަދު ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި އިންނަވަނިކޮށް އަނބުރައިގަނެގެން ވެއްޓި އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވިފައިވަނިކޮށް މިރޭ 11 ޖަހާއިރަށް ކްރިމިނަލް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.
Hon Gasim's case scheduled for 11pm tonight while admitted at IGMH. pic.twitter.com/rmeHQ81Zkp
— Hisaan ؟? (@hisaanhussain) August 24, 2017
ކްރިމިނަލް ކޯޓުން ގާސިމަށް މިރޭ ފޮނުވި ޗިޓްގައި ބުނެފައިވަނީ ޝަރީއަތަށް ހާޒިރު ނުވެއްޖެނަމަ ޢައިރު ހާޒިރުގައި ޝަރީއަތް ކުރިއަށް ގެންދާނެ ކަމަށެވެ.
ގާސިމް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައިވާއިރު އޭނާގެ ސިއްހީ ހާލަތު ހުރީ ފުރާނައަށް ނުރައްކާ ހާލަތެއްގައި ކަމަށް އައިޖީއެމްއެޗްގެ ހިތުގެ ސްޕެޝަލިސްޓް ޑރ. އަލީ ޝަފީގް ވަނީ ވިދާޅުވެފައެވެ.
ގާސިމްގެ މައްޗަށް ހުށަހަޅާފައިވާ ރިޝްވަތު ދިނުމުގެ ތުހުމަތުގެ ޝަރީއަތް ބާރު ސްޕީޑެއްގައި ކުރިއަށް ގެންދާތީ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.
އިއްޔެވެސް މި މައްސަލައިގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.