ކޯޓު އަމުރެއްގެ ދަށުން ކުރީގެ ކަމިޝްނާ އޮފް ޕޮލިސް އަދި މިހާރު ކިނބިދޫ ދާއިރާގެ މެމްބަރ އަބްދުﷲ ރިޔާޒުގެ ފޯނާއި ސިމް ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސް އަބްދުﷲ ރިޔާޒުވެސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފިއެވެ.
ފުލުހުން މިރޭ އަބްދުﷲ ރިޔާޒި ދިރިއުޅުއްވާ ގެ ބަލައި ފާސްކުރުމަށް ފަހު ރިޔާޒު ފުލުހަށް ހާޒިރު ކުރީ ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ފުލުހުންގެ އިދާރާ ބަދުނާމްކޮށް ހަގީގަތާ ހިލާފު ދޮގު ވާހަކަ ދެއްކުމާއި ގުޅިގެންނެވެ.
މީގެ ކުރިންވެސް އެތައް ފަހަރަކު ރިޔާޒު ވަނީ ފުލުސް އިދާރާއަށް ހާޒިރުކޮށްފައެވެ. ފުލުހުންގެ ވާޖިބަށް ހުރަސް އެޅިކަމުގެ ތުހުމަތު މީގެ ކުރިންވެސް ރިޔާޒުގެ މައްޗަށް ވަނީ ކޮށްފައެވެ.