Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ހުޅުމީދޫގެ ރައްޔިތުން މީގެ ކުރިން ތިބީ ޖަލެއްގައި: ޝާޑު

އައްޑޫ ސިޓީ ހުޅުދޫ އަދި މީދޫގެ ރައްޔިތުން މީގެ ކުރިން ތިބީ ޖަލެއްގައި ކަމަށް ހުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝާހިދު(ޝާޑު) ވިދާޅުވެއްޖެއެވެ.

މީދޫގައި ބޭއްވި ޕީޕީއެމްގެ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން، ޝާޑު ވިދާޅުވީ، މީގެ ކުރިން ވިއްސާރަ ވެއްޖެ ނަމަ ހުޅުދޫ އަދި މީދޫގެ ރައްޔިތުން ތިބީ ދަތުރު ނުކުރެވިފައި ކަމަށެވެ. އެހެން ނަމަވެސް މިއަދުގެ ސަރުކާރުން އެންމެ ޒަމާނީ ފެންވަރުގެ ދަތުރުފަތުރުގެ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށް ޝާޑު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާޑު ވަނީ އެމްޑީޕީގެ ވެރިކަމުގައި ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުމަށް މަސައްކަތް ކުރި ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޝާޑު ވިދާޅުވި ގޮތުގައި، ރައްޔިތުން ސަރުކާރާއި އެކު ތިއްބަވައިފި ނަމަ ހުޅުމީދޫގެ މުސްތަޤްބަލް ވަރަށް އުޖާލާ ވެގެންދާނެ ކަމަށެވެ. އަދި އެގޮތުގައި ތިއްބެވުމަށް ޝާޑު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.