ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހްމަދު މަހްލޫފު މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން ހައްޔަރުކޮށްފިއެވެ.
މަހްލޫފް ހައްޔަރުކޮށްފައިވަނީ ގާސިމް އިބްރާހިމަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލައި ކުރަމުން ދިޔަ މުޒާހަރާ ތެރެއިންނެވެ.
ގާސިމް އިބްރާހިމްއަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލައި ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުން ވަނީ އެމްއެމްއޭ ސަރަހައްދަށާއި ކްރިމިނަލް ކޯޓު ހުންނަ ލޯކަލް މާރުކޭޓް ސަރަހައްދަށް އެއްވެފައެވެ.
މަހްލޫފް އާއި އެމްޑީޕީގެ ގައުމީ މަޖްލިސްގެ މެމްބަރަކު ވެސް ވަނީ މިރޭ ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެވެ. މިރޭގެ އެއްވުން ފުލުހުން ރޫޅާލާފައި ވަނީ ޕެޕާ ސްޕްރޭ ޖެހުމަށްފަހުއެވެ.
މަހްލޫފް އާއި އިތުރު ބަޔަކު ފުލުހުންގެ ބެލުމުގެ ދަށުން ފުލުހުންގެ ވެހިކަލެއްގައިވަނީ އެސަރަހައްދުން ގެންގޮސްފައެވެ.
ތަފްސީލް އަންނަނީ…