ސިއްޙީ ހާލުކޮޅު ގޯސްވެ ހޮސްޕިޓަލުގައި އެޑްމިޓްކުރައްވާފައިވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޤާސިމްގެ މައްޗަށް އިއްވާފައި ވަނީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖިނާއީ ހުކުމެއް އަތުވެއްޖެ ނަމަ ގޮނޑި ގެއްލޭނެ އެވެ.
އެހެން ނަމަވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2012 ވަނަ އަހަރު ކޮށްފައިވާ ހުކުމެއްގައި ވާ ގޮތުން ޤާސިމްގެ ގޮނޑި ގެއްލުނުކަން ނުވަތަ ނޫންކަން ކަނޑައެޅިގެންދާނީ އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ނިމުމުންނެވެ.
ގާސިމް އާއި އެމަނިކުފާންގެ ގާނޫނީ ވަކީލުންގެ ޢައިރު ހާޒިރުގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރިއަތުގައި ހުލާސާ ބަޔާން އިއްވައި ވަނީ ހުކުމްކޮށްފައެވެ.
ގާސިމްއަށް ހުކުމް ކުރެއްވިއިރު އޮންނެވީ ފުރާނައަށް ނުރައްކާވާ ހާލަތުގައި އައިޖީއެމްއެޗްގައި އެޑްމިޓް ކުރެވިފައެވެ.