Last Updated: June 11, 13:15
Thursday, June 11, 2026
މުނިފޫހިފިލުވުން

"3 ޖީ" މި މަހު 15 ގައި ސްކްރީނަށް

ނީލް ނިތިން މުކޭޝް އާއި ސޮނާލް ޗޯހަން ލީޑް ރޯލް ކުޅެފައިވާ ސަސްޕެންސް ތްރިލާ "3 ޖީ" މި މަހުގެ 15 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ޝީރްޝަކް އާނަންދް އާއި ޝަންތަނޫ ރޭ ޗިބާ ޑައިރެކްޓްކޮށްފައިވާ "3 ޖީ" ގައި ދައްކުވައި ދެނީ މޮބައިލް ފޯނެއްގެ ސަބަބުން ހިނގާ ސިއްރުން ފުރިފައިވާ ހާދިސާތަކެވެ. ފިޖީގައި މަންޒަރުތައް ނަގާފައިވާ މި ފިލްމުގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ މިތޫން އެވެ.

"3 ޖީ" އަކީ ސުނިލް ލުއްލާ އާއި ވިކާ ރަޖާނީ ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމް ޕްރީމިއާ ކުރާ ވަގުތު ކުޑަތަން ވަމުން އަންނަ އިރު، މި ފިލްްމް ޕްރޮމޯޓް ކުރުމުގެ މަސައްކަތް ވަރަށް ފޯރިއާ އެކު އަންނަނީ ކުރަމުންނެވެ.

"3 ޖީ" ގެ ޓްރެއިލާތައް އިންޑިއާގެ ޗެނަލްތަކުން ދައްކަން ފަށާފައި ވަނީ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހުން ފެށިގެންނެވެ.

މިއީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު ފެތުރިފައިވާ ނީލް އާއި ސޮނާލް އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. އެހެންވެ މި ދެ މީހުންގެ ކެމިސްޓްރީ ބަލާލަން ވެސް ގިނަ ބަޔަކު އަންނަނީ އިންތިޒާރު ކުރަމުންނެެވެ.