Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

މަހްލޫފު ހައްޔަރު ކުރީ އަމުރަށް ނުކިޔަމަންތެރިވެގެން: ފުލުހުން

ކްރިމިނަލް ކޯޓު ސަރަހައްދުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ އަހުމަދު މަހްލޫފް ހައްޔަރު ކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ކަމަށް ފުލުހުން ބުނެފިއެވެ.

ޖުމްހުރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ކުރިއަށް ގެންދިޔަ ޖަލްސާ ކުރުކޮށްލުމަށްފަހު އިދިކޮޅު ފަރާތްތަކުން މަގު މައްޗަށް ނިކުތީ ގާސިމް އިބްރާހިމްގެ ޝަރިއަތް އައިރު ހާޒިރުގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށ ޗިޓް ފޮނުވުމާއި ގުޅިގެންނެވެ.

މަހްލޫފް އާއި އެމްޑީޕީގެ ގައުމީ މަޖްލިސްގެ މެމްބަރަކު ހައްޔަރު ކުރީ ކްރިމިނަލް ކޯޓު ސަރަހައްދުންނެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަހްލޫފް ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެންނެވެ. އަދި މިހާރު މަހްލޫފް އާއި ރޭ ހައްޔަރުކުރި އެހެން ހައްޔަރީން ދޫނިދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

މަހްލޫފް ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފައިވާ އިރު އަދިވެސް މަހްލޫފް ދޫނުކޮށްލައެވެ.